ކައުންސިލުން ފެނަކަ ކޯޕަރޭޝަނާ ބައްދަލުކޮށްފި
މިހާރު މާލެ ކުރަމުންދާ ޒިޔާރަތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އާއި ކައުންސިލްގެ ވަފުދުން މިއަދު ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުމުގައި ކޮނޑޭގައި ފެނަކައިން ދޭ ޚިދުމަތްތަކާއި، ޚިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމަށް ހިންގާ މަޝްރޫއުތަކާއިބެހޭ މައުލޫމާތު ހިއްސާކުރެވުނެވެ.
މީގެ އިތުރުން ފެނަކައިގެ ސީއެސްއާރުގެ ތެރެއިން ކޮނޑޭގައި ޕްރޮގްރާމްތައް ހިންގުމަށް ހުރި ފުރުސަތު ތަކާބެހޭގޮތުން ދެފަރާތުން މަޝްވަރާކުރެވުނެވެ. އެގޮތުން ރަށުގެ މަގުބައްތިތައް ދިއްލައި ބެލެހެއްޓުމަށް ބޭނުންވާ މަސައްކަތް ކުރުމުގައި ފެނަކައިގެ މުވައްޒަފުންގެ އެހީތެރިކަމާ ދިނުމަށް ފެނަކައިން ދިނުމަށް އެއްބަސްވެވުނެވެ. ރަށުގައި ޕްރީސްކޫލްގެ އިމާރާތެއް އަޅައި ދިނުމަށް ފެނަކައިގެ ސީއެސްއާރުގެ ދަށުން އެހީތެރިކަން ހޯދުން އެންމެ މުހިއްމު ކަމެއް ގޮތުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.