މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ކައުންސިލުން ބައްދަލުކޮށްފި

މާލޭގައި ދިރިއުޅޭ ކޮނޑޭ ރައްޔިތުންނާއި ކައުންސިލުން ބައްދަލުކޮށްފި  އެވެ. މިހާރު ކައުންސިލުން މާލެއަށް ކުރަމުންދާ ޒިޔާރަތާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް 17 މެއި 2022ވަނަ ދުވަހުގެރޭ ބޭއްވި މި ބައްދަލުވުމުގައި ގިނައަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.

ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރި އިރު 17 މެއި 2022ވަނަ ދުވަހަށް ވަނީ މިދައުރުގެ ކައުންސިލަށް އެއް އަހަރު ފުރިފައެވެ.

މިބައްދަލުވުމުގައި ބައިވެރިވި ރައްޔިތުން ކައުންސިލަށް ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ކުރެވިދާނެ ގިނަ ކަންތަކެއްގެ ޚިޔާލު ހުށަހެޅިއެވެ.

މިއީ މިގޮތަށް ކައުންސިލުން މާލޭގައި ދިރިއުޅޭ ކޮނޑޭ ރައްޔިތުންނާއި ކުރި ފުރަތަމަ ބައްދަލުވުމެވެ.

Leave a Reply

Your email address will not be published. Required fields are marked *