އެޗް.އާރް.ސީގެ ޗެއަރމަން އާއި ކައުންސިލްގެ ވަފުދުން ބައްދަލުކޮށްފި

ހޮޓެލްސް އެންޑް ރިޒޯޓް ކޮންސްޓްރަކްޝަން ގެ ޗެއާރމަން މުޙައްމަދު ޢަލީ ޖަނާހް އާއި ކައުންސިލްގެ ވަފުދުން ބައްދަލުކޮށްފިއެވެ.17 މެއި 2022 ވަނަދުވަހު އޮތް މިބައްދަލުވުމުގައި ކައުންސިލުން އެކުލަވައި ފާސްކޮށްފައިވާ ރަށުތަރައްއީގެ ޕްލޭންގައިވާ ކަންކަމުގެ މައުލޫމާތު ޗެއާރމަން އާއި ހިއްސާކުރެވުނެވެ.

ރަށުގައި ފަތުރުވެރިކަމުގެ މަސައްކަތް ތައާރަފުކުރުމަށް ރާވާފައިވާ ޕްލޭނާއި ކުރެވިފައިވާ މަސައްކަތްތައް ވަކިން ޚާއްޞަކޮށް ޗެއަރމަން އާ ހިއްސާކުރެވުނެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި އެޗް.އާރު.ސީގެ ތަޖުރިބާ ކައުންސިލާއި ހިއްސާކުރައްވަމުން ކޮނޑޭގެ ޕްލޭންގައިވާ ކަންކަމަށް ޗެއަރމަން ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.

އެޗް.އާރު.ސީގެ ޗެއަރމަނަށް ފަސޭހަ ވަގުތެއްގައި ކޮނޑެއަށް ޒިޔާރަތް ކުރުމަށް ކައުންސިލުގެ ވަފުދުން ދައުވަތު އެރުވިއެވެ.

އެޗް.އާރު.ސީއަކީ ގއ.އަތޮޅުގައި ފަތުރުވެރިކަމުގެ ގިނަ އިންވެސްޓްމަންޓް ތަކެއް ކޮށްފައވާ ރާއްޖޭއާއި ބޭރުދުނިޔޭގައި މަޤުބޫލުކަން ހޯދާފައިވާ ކުންފުންޏެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *