އަންހެނުންގެ ކޮމިޓީން މާލެސިޓީ އަންހެނުންގެ ކޮމިޓީއާ ބައްދަލުކޮށްފި
ކޮނޑޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މާލެސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ބައްދަލު ކޮށްފިއެވެ.
މާލޭސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި ދެކޮމިޓީއިން ކުރަމުންގެންދާ ކަންކަން ހިއްސާކުރެވުނެވެ.މީގެ އުތުރުން ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކުރެވުނެވެ.
ކޮނޑޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަކީ ގއ.އަތޮޅުން ފާހަގަ ކޮށްލެވޭނެ ޚިދުމަތްތެރި ކޮމިޓީއެކެވެ. މިބައްދަލުވުމުގައި ކޮނޑޭ ކޮމިޓީގެ ރައީސާއި ބައެއް މެންބަރުންގެ އިތުރުން ކޮނޑޭ ކައުންސިލްގެ އަންހެން މެންބަރުން ބައިވެރިވި އެވެ.