ކައުންސިލްގެ ވަފުދުން ސްޓޭޓް މިނިސްޓަރު އާދިލް އާއި ބައްދަލު ކޮށްފި

ކައުންސިލްގެ ވަފުދުން މާލެކުރި ޒިޔާރަތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އަޙްމަދު އާދިލް އާއި ބައްދަލު ކޮށްފިއެވެ. 19 މެއި 2022 ވަނަ ދުވަހު ހެލްތު މިނިސްޓްރީގައި އޮތް މިބައްދަލުވުމުގައި ރަށުގެ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަނާއި މުވައްޒަފުންގެ ކަންތައްތަކާއި، ލެބޯޓަރީގެ ޚިދުމަތް ޤާއިމު ކުރުމާއި ބެހޭގޮތުން ކައުންސިލްގެ ވަފުދުން ސްޓޭޓް މިނިސްޓަރާ މަޝްވަރާކުރިއެވެ.


މީގެ އިތުރުން ރަށުގެ ސިއްހީ މަރުކަޒުން ތެލެސީމިއާ ކުދިންނަށް ލޭ އެޅުމުގެ ޚިދުމަތް ލިބެން ނެތުމުގެ މައްސަލަ ހައްލުކުރުމަށް ވެސް ކައުންސިލްގެ ވަފުދުން ހުށަހެޅިއެވެ.


މި ބައްދަލުވުމުގައި، ކައުންސިލުގެ ރައީސް އާއި ކައުންސިލަރުންގެ އިތުރުން ސިއްޙީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ، ހެލްތު ސާވިސް ޝަހުނިޒް އިބްރާހީމް ދީދީ އާއި ރަށުގެ ބައެއް މުއައްސަސާތަކުގެ ވެރިންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ބައިވެރިވެ ސިއްހީ ދާއިރާގައި ހުރި މައްސަލަތައް ވަރަށް ތަފްޞީލްކޮށް މިނިސްޓްރީއާއި ހިއްސާކުރިއެވެ.

Leave a Reply

Your email address will not be published. Required fields are marked *