ފުވައްމުލަށް ސިޓީ ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 10 އެއްގައި ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުން މިއަދު ކޮނޑޭއަށް ޒިޔާރަށް ކޮށްފި.


މިޒިޔާރަށް ކުރެއްވުމުގައި ކޮނޑޭގެ ކައުންސިލް އާއި ކޮނޑޭ ސްކޫލް އިން ވަނީ ދަރިވަރުންނަށް ހޫނު މަރުޙަބާ އެއް ދަންނަވާފައެވެ.

41 ބައިވެރިން ހިމެނޭ މި ދަތުރުގައި އޮފިޝިއަލުން ގޮތުގައި 6 ބޭފުޅަކު ވަޑައިގެންފައިވެއެވެ. އެ ޒިޔާރަތުގެ މައިގަނޑު މަގުސަދަކީ ފުވައްމުލަކު ސިޓީގެ ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 10 ގެ ދަރިވަރުންނަށްދިވެހި ސަގާފަތާއި ދިވެހިންގެ ތާރީހާއި ގުޅޭ މަޢުލޫމާތު ހޯދާ ލިބިގަތުމެވެ.

މި ދަތުރުގެ ބައިވެރިންނަށް، ކައުންސިލާއި ސުކޫލާއި ގުޅިގެން އަދާކުރި މެހުމާންދާރީއަށް ފުވައްމުލައް ސުކޫލްގެ ދަރިވަރުންގެ ފަރާތުން ވަނީ ހަދާނީ ފިލައެއް އަރުވާފައެވެ.

ކޮނޑޭ އަކީ ދިވެހިންގެ ސަގާފަތާއި ތާރީހަށް މުއްސަދި ރަށެއްކަމަށްވާތީ މިޒިޔާރަތުގައި ފުވައްމުލަކުގެ ދަރިވަރުންވަނީ އެރަށުގެ އެކިސަރަހައްދުތަށް ބަލާލުމަށް ގޮސްފައެވެ.
މިގޮތުން ބައިވެރިން ޒިޔާރަތް ކޮށްފައިވާ ތަންތަނުގެ ތެރޭގައި ކޮނޑޭގެ ހަވިއްތަ ހުންނަ ސަރަހައްދާއި، ދަޑުވެރިކަން ކުރާ ސަރަހައްދު، ކޮނޑޭގެ ދިގުމަގުކޮޅު އިތުރުން ލައިމް ބީޗް ސަރަހައްދާއި ސަންކޮރަލް ގެސްޓް ހައުސް ހިމެނެއެވެ.

މީގެ ކުރިންވެސް ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންވަނީ ކޮނޑޭއަށް ޒިޔާރަށް ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *