ކޮނޑޭ ސްކޫލްގެ ދަރިވަރުން ސްޓަޑީ ކޭމްޕަށް ދިއުމަށް ޓިކެޓް ޙަވާލު ކޮށްފި

މިމަހުގެ 2 އިން 14 ގެ ނިޔަލަށް ކޮނޑޭ ސްކޫލްގެ ގްރޭޑް 10 ގެ ދަރިވަރުން ސްޓަޑީ ކޭމްޕަކަށް މާލެ ދިއުމަށް ކުރާ ދަތުރުގެ ޚަރަދުތައް ކައުންސިލުން ސްޕޮންސަރކޮށް ޓިކެޓް ޙަވާލު ކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި ކޮނޑޭ ކައުންސިލްގެ މެމްބަރުންނެވެ.

ކޮނޑޭ ސްކޫލްގެ ގްރޭޑް 10 ގައި ސެޓްލައިޓް ސުކޫލް މެދުވެރިކޮށް އޮންލައިންކޮށް ކިޔަވަމުންދާ ދަރިވަރުންގެ މި ދަތުރަކީ ހުރަވީ ސްކޫލްގައި އެކުދިންނަށް ޚާއްސަ ކުރެވިގެން ކުރިއަށް ގެންދާ 2 ހަފްތާގެ ސްޓަޑީ ކޭމްޕްގައި ބައިވެރިވުމަށް ކުރާ ދަތުރެކެވެ.

މިދަތުރުގައި ކޮނޑޭ ސްކޫލްގެ ގްރޭޑް 10 ގައި ސެޓްލައިޓް ސްކޫލް މެދުވެރިކޮށް ތަޢުލީމް ހާޞިލް ކުރަމުންދާ 03 ދަރިވަރަކާއި، ކުދިންގެ ކަންކަން ބެލެހެއްޓުމަށްޓަކައި ޓީޗަރަކު ބައިވެރިވާ ގޮތަށް ހަމަޖެހިވާއިރު މިދަތުރުގައި އެކުދިން އޯލެވެލް އިމްތިހާންގައި ބައިވެރިވުމަށް ތައްޔާރުވުމަށް ކުރަންޖެހޭ ކަންކަން ކުރުމުގެ  އިތުރުން ހުރަވީ ސްކޫލްގެ ދަރިވަރުންނައެކު އެއް މާޙައުލެއްގައި ކިޔެވުމުގެ ތަޖުރިބާ ހާޞިލް ވާނެހެން މި ދަތުރު ވަނީ ބައްޓަން ކުރެވިފައެވެ.

ކައުންސިލްގެ މި އެހީތެރިކަމަކީ މިއަހަރަކީ ކޮނޑޭ ސްކޫލުން ފުރަތަމަ ފަހަރަށް އޯލެވެލް އިމްތިޙާންގައި ބައިވެރިވާ އަހަރަށްވުމުން އިމްތިހާނުގައި ބައިވެރިވާ ދަރިވަރުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުންނާއި، ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުޞަތު ހޯދައި ދިނުމުގެ ގޮތުން ދީފައިވާ އެހީތެރިކަމެވެ.

Leave a Reply

Your email address will not be published. Required fields are marked *