ކައުންސިލުގެ 2022ވަަނަ އަހަރުގެ ފެބްރުއަރީ ބައްދަލުވުން ބާއްވައިފި

 

ކައުންސިލުން 2021ވަނަ އަހަރު ކުރި މަސައްކަތްތަކާއި މާލީބަޔާނާއި 2022ވަނަ އަހަރުގެ ބަޖެޓް އަދި އަހަރީ މަސައްކަތުގެ ތާވަލު ރައްޔިތުންނާއި ހިއްސާކުރުމަށް ބޭއްވި މި ބައްދަލުވުން އޮތީ ކޮނޑޭ ކައުންސިލުގެ އައު އިދާރާގައެވެ.

ރަށުގެ ރައްޔިތުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި މުއައްސަސާތަކުގެ މުވައްޒަފުން ބައިވެރިވި މިބައްދަލުވުމުގައި މިއަހަރު ކައުންސިލުން ކުރުމަށް ރާވާފައިވާ މަސައްކަތްތަކާއި މެދު ރައްޔިތުންގެ ޚިޔާލު ހޯދުނެވެ. ރަށުގައި ޤާއިމުކުރަން ބޭނުންވާ ބައެއް ވަސީލަތްތަކަށް ބިންހަމަޖެއްސުމާއި މެދު ރައްޔިތުންގެ ޚިޔާލު ހޯދުނެވެ. އެގޮތުން، ޕްރީސްކޫލް ހިންގާނެ ބިމާއި، ވޮލީކޯޓު އަޅާނެ ބިމުގެ އިތުރުން ޕަބްލިކް ސްޓޭޖެއް އަޅާނެ ބިމާއި މެދު ޚިޔާލު ހޯދުނެވެ.

މީގެ އިތުރުން މިއަހަރުގެ ލާމަރުކަޒީ ދުވަހުގެ ކޭކު ފެޅުންވެސް މިބައްދަލުވުމުގައި ކުރިޔަށް ގެންދެވުނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *